Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ޑްރަގް ތުހުމަތު ކުރެވޭ ނަރުސް ސަސްޕެންޑްކޮށްފި

މަސްތުވާތަކެތީ ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ އައިޖީއެމްއެޗްގެ ދިވެހި އަންހެން ނަރުސް ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެތަނުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން މައްސަލަ އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.

އައިޖީއެމްއެޗުން ބުނީ ނަރުހަކު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން އޭނަ ފުރަތަމަ ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކުރީ ކަމަށެވެ. އަދި އޭގެ ފަހުން ސަސްޕެންޑްކޮށްފައިވާ ކަމަށް ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔަ ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.