Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، ފޭރިގެންފި

ހުޅުމާލޭގެ ގެއަކަށް ވަދެ އަންހެނެއް ގައިގައި ކަޓަރު އަޅައި ޒަހަމްކޮށްލައި އޭނަގެ އަތިން ފައިސާ ފޭރިގަންފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް އެކެއްގައި އެ ހާދިސާ ރޭ ފަތިހު ކަމަށެވެ. ހަމަލާދީފައި ވަނީ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށެވެ.

އެ މައްސަލަ ފުލުހުން ބަލަން ފެށީ ފޭސްބުކްގައި މީހަކު އާއްމުކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ އެ ޕޯސްޓްގައި އާއްމުކުރި މީހާ ބިދޭސީ މީހާ އަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ ފިރިހެނެއްގެ ފޮޓޯވެސް އެ ޕޯސްޓުގައި ހިމަނާފައިވެ އެވެ.

ފުލުހުން ބުނީ އެކަމާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.