Last Updated: June 18, 06:16
Thursday, June 18, 2026
ޚަބަރު

ޑްރަގް ފަރުވާ އަށް އިތުރު 30 މިލިއަން ހިމަނަނީ

ރިހެބިލިޓޭޝަންގެ ނިޒާމު ހަރުދަނާ ކުރަން ބަޖެޓުގައި އިތުރު 30 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުން ނިންމައިފި އެވެ.

އެކަން އިއުލާނުކުރެއްވީ ނެޝަނަލް ޑްރަގް އޭޖެންސީގެ (އެންޑީއޭ) ޗެއާމަން އަދި ހޯމްލޭންޑުގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރް ހުސައިން އެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމި 419 މީހުންގެ އަގުވަޒަންކޮށް އެމީހުންނަށް ހިތްވަރު ދިނުމަށް ޑްރަގް ކޯޓުން ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ލުބްނާ ވިދާޅުވީ ރީހެބް ފަރުވާގެ ނިޒާމް އިތުރަށް ހަރުދަނާ ކުރަން ކުރާ ހޭދަ ސަރުކާރުން މިހާރު ވެސް އިތުރުކޮށްފައިވާ ކަމަށާއި އެގޮތުން އެ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ބަޖެޓުގައި އިތުރު 30 މިލިއަން ހިމަނަން ނިންމާފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ ފަރުވާ ހޯދައި ނިންމާ މީހުންނަށް ވަޒީފާ ހޯދައިދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީތެރިވުމަށް ވެސް ލުބްނާ ވަނީ އެދިވަޑައިގެންފަ އެވެ.

ރިހިބިލިޓޭޝަން ޕްރޮގްރާމްތައް އިންތިޒާމްކޮށްގެން ކުރިއަށް ގެންދަނީ އެންޑީއޭ އިން ކަމަށްވާއިރު، އެ ތަނުގެ ބަޖެޓުގެ ގޮތުގައި މިއަހަރު ހިމަނާފައިވަނީ 117 މިލިއަން ރުފިޔާ އެވެ.