Last Updated: June 28, 09:20
Sunday, June 28, 2026
ޚަބަރު

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހަވާ އަރުވަނިކޮށް ބަޔަކު ފިހިއްޖެ

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ރާޅުގަނޑު ސަރަހައްދުގައި ހަވާ އަރުވަނިކޮށް ބިން މައްޗަށް ވެއްޓުނު ބަޑި ބޭސް ގޮވައި ފަސް މީހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

ރާޅުގަނޑު ސަރަހައްދުގައި މިވަގުތު ހުރި "އައްޑޫލައިވް"ގެ ނޫސްވެރިއާ ބުނީ ފިހުނު މީހުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ ކަމަށެވެ. އަދި އަންހެނަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރާޅުގަނޑު ސަރަހައްދުގައި ހަވާ އެރުވި އިރު ގިނަ އަދަދެއްގެ ކުޑަކުދިން ގޮވައިގެން އެސަރަހައްދަށް އާއްމުން ވަނީ ޖަމާވެފައެވެ.
11118524_10152723875661150_1038360805_n

ބަޑިބޭސް ގޮވައި އާއްމު ބަޔަކު ފިހުމާއި ގުޅިގެން ފުލުހުން މިހާރު ވަނީ އެސަރަހައްދު ބަންދުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަވާ އަރިވަނިކޮށް ފޭބި ބަޑިބޭސް ގޮވައި ބަޔަކު ފިހިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.
fihunu

މައުލޫމާތު ލިބިފައިވާގޮތުގައި ފިހުނު މީހުންގެ ތެރެއިން ހަތަރު މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ފިހުނު ކުޑަކުއްޖާއަށް ފަރުވާދީފައި ވަނީ ސެނެހިޔާ ހޮސްޕިޓަލްގައެވެ. ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

ހަވާ އަރުވަނިކޮށް މިރޭ ބަޔަކު ފިހުނު އިރު މިފަހުން މާލޭގައި ހަވާއެރުވުން މިވަނީ އާއްމު ކަމަކަށްވެފައެވެ. އެމްއެންޑީއެފްއިން ބުނެފަިއވަނީ ހަވާ އަރުވައިދެނީ ސިފައިންގެ ކުންފުންޏަށް އާމްދަނީ ލިބޭތީ ކަމަށެވެ.

ދާދި ފަހުން ހުޅުމާލޭގައި ހަވާ އަރުވާފައިވަނީ މައުރިބް ނަމާދު ޖަމާއަތުގައި ކުރަނިކޮށް މިސްކިތް ހުރި ސަރަހައްދާއި ގާތުގައެވެ.