Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ޝަރަފުއްދީންގެ ކެޑޭޓުންނަށް ސިފައިންގެ ކޭމްޕެއް

އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލުގެ ކެޑޭޓުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެއްދުވަހުގެ ކެޑޭޓް ކޭމްޕެއް ކުރިއަށް ގެންގޮސްފި އެވެ.

ސަދަން އޭރިއާ ހެޑްކުއާޓަރުގައި އިއްޔެ ކުރިއަށް ގެންދިޔަ ކޭމްޕުގައި ޝަރަފުއްދީން ސްކޫލުގެ 109 ކެޑޭޓުން ބައިވެރިވިއެވެ. މި ކޭމްޕުގައި ޑްރިލް، ބޭސިކް ފަޔަ އެވެއާނަސް، ފީލްޑް ކްރާފްޓް އަދި އޮބްސްޓެކްލް ކޯސްގެ ބައިތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ސަދަން އޭރިއާ ކޮމާންޑުން މި ކޭމްޕް ކުރިއަށް ގެންގޮސްދީފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ސްކޫލުން ވަނީ އެމްއެންޑީއެފް އެ ކޮމާންޑަށް ހަނދާނީފިލައެއް ދީފަ އެވެ.

ފިލައާ ހަވާލުވެލެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސާޖަންޓް މޭޖާ ސާޖަންޓް މޭޖަ އިބްރާހީމް ރަޝީދެވެ.