Last Updated: July 26, 22:48
Saturday, July 26, 2025
ޚަބަރު

ޕެރަލިމްޕިކް އެތުލީޓުންނާ ޖާޒީ ހަވާލުކޮށްފި

ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޕެރައެތުލީޓޫންގެ ޓީމާ ޖާޒީ ހަވާލުކޮށްފި އެވެ.

އިއްޔެ ބޭއްވި ހަފުލާއެއްގައި ޖާޒީ ހަވާލުކޮށް ދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އެވެ.

މި މަހުގެ އޮގަސްޓް 28 އިން އަންނަ މަހުގެ 8 އަށް ކުރިއަށް ގެންދާ ޕެރަލިމްޕިކްގައި ރާއްޖެއިން ވާދަކުރާ ދެ އެތުލީޓުންނަކީ ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުލްރައްޒާގު އަބްދުއްސަމަދު އެވެ.

މި ދެ އެތުލީޓުން ވަނީ މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރަ އިވެންޓުގައި ވެސް ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ.

ރާއްޖެއިން ޕެރަލިމްޕިކް ގޭމްސްގައި އެންމެ ފުރަތަމަ ވާދަކުރި 2021 ގަ އެވެ. އެ އަހަރު ޖަޕާންގައި އޮތް ޕެރަލިމްޕިކްސްގައި ވާދަކުރީ ފާތުން އާއި މުޙައްމަދު މާޒިން އެވެ.