Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ވައްކަމުގެ މައްސަލައެއްގައި ފުވައްމުލަކު މީހަކު ހޯދަނީ

ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ފުވައްމުލަކު މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު މިސްކިތްމަގު އަވަށު ކެމީ، އަހުމަދު ޝަފްރާޒް، 37، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާން ކުރީ ފުވައްމުލަކު ފޮލިހުން ތަހުގީގު ކުރަމުން އަންނަ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށް ފުވައްމުލަކު ޕޮލިހަށް ޝަފްރާޒު ހާޒިރުވާން އަންގާފައިވެ އެވެ.