Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

ކަނޑުތައް ގަދަ، ބޮޑު ސަރަހައްދަކަށް ހުދު ސަމާލު

ވައިގަދަވެ ކަނޑަތައް ގަދަވާނެތީ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. މި ސަރަހައްދަށް އެލާޓް ނެރެފައިވަނީ 11:00 އިން ހަވީރު 17:00 އަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ، މިދިޔަ ދުވަސްތަކުގައި ވަނީ ޔެލޯ އެލާޓް ގިނަ ވަގުތުތަކަކަށް ނެރެފައެވެ.