Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް

ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި 'ބޭންކް ފަންޑް' އަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ފަހަރު ހުޅުވާލި ފުރުސަތުގެ މުއްދަތު 8 ސެޕްޓެމްބަރު ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 އަށް ހަމަވާނެ ކަމަށެވެ.

'ބޭންކް ފަންޑް' ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.

މި ފަންޑުގެ ދަށުން ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.