Last Updated: July 26, 22:48
Saturday, July 26, 2025
ކުޅިވަރު

ރާސް ޗެމްޕިއަންޝިޕްގެ ކުޅުދުއްފުށި އެޑިޝަން މި މަހު

ރޭސިންގް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އާރްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ރާސް ޗެމްޕިއަންޝިޕުގެ ކުޅުދުއްފުށި އެޑިޝަން މި މަހު ބޭއްވުމަށް ނިންމައިފި އެވެ.

ރާސް ޗެމްޕިއަންޝިޕުގެ ކުޅުދުއްފުށި އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 އަދި 24 ގަ އެވެ.

ރާސް ޗެމްޕިއަންޝިޕުގެ ޓައިޓަލް ސްޕޮންސަރަކީ ހޮންޑާ އެވެ. މިއީ ހޮންޑާ އިން މި އިވެންޓުގެ ޓައިޓަލް ސުޕޮންސާ ނެގި ތިން ވަނަ ފަހަރެވެ.

ރޭސިން އެސޯސިއޭޝަނުން ބާއްވާ މި މުބާރާތަކީ ކޮންމެ އަހަރަކު ވެސް އެކި ސިޓީތަކަށް ބަހާލައިގެން ބާއްވާ މުބާރާތެކެވެ. ކުޅުދުއްފުށީގައި މުބާރާތް މި ބާއްވަނީ އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ.

މި އަހަރު ވެސް ތަފާތު 20 ކެޓަގަރީގެ އިވެންޓުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ކުޅުދުއްފުށި އެޑިޝަންގައި ބައިވެރިވެފައިވަނީ ޖުމްލަ 27 ރައިޑަރުންނެވެ.

ޑްރޭގް ރޭސިންއަކީ ކާރު ނުވަތަ ސައިކަލު ވާދަކުރާ މޮޓޯ ރޭސިންގެ ވައްތަރެއް ކަމަށްވާއިރު، އާރްއޭއެމް އިން މި މުބާރާތް ކުރިއަށް ގެންދަނީ އެންމެފަހުގެ ރޭސިން ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ.