Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އައިޔޫއެމުން އައްޑޫގައި ޤުރުއާން ކޯސްތަކެއް ފަށަނީ

އިސްލާމިކް ޔުނިވާސިޓީން އައްޑޫގައި ހިންގަން ޤުރުއާން ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޔުނިވަސިޓީން ނުނީ މި ކޯސްތަކަކީ ހިތަދޫ އައުޓްރީޗް ސެންޓަރުގައި ގިރާޔަތުލް ޤުރުއާންގެ ސެޓްފިކެޓް 1 އާއި ޤުރުއާން ހިފްޒުކުރުމުގެ ކޯސްތަކެއް ކަމަށެވެ.

ސެޓްފިކެޓް 1 އިން ޤިރާޔަތުލް ޤުރުއާން ކޯހުގެ އެއް ސެމިސްޓާ އަށް އޮތް އިރު، އިދާރީ ފީއެއްގެ ގޮތުގައި 300ރ. ދައްކަން ޖެހެ އެވެ. އަދި ޤުރުއާން ހިފްޒިކުރުމުގެ ކޯސް ހަ އަހަރު ދުވަހުގެ މުއްދަކަށް ބަހައިލެވިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، ކޯހު ފީގެ ގޮތުގައި ޖުމްލަ 3،180ރ. ދައްކަން ޖެހެ އެވެ.