Last Updated: June 18, 10:52
Thursday, June 18, 2026
ޚަބަރު

ކާށިދޫގެ މުދިމަކު ޑްރަގްސްއާ އެކީ ހައްޔަރަށް

ކ. ކާށިދޫ މިސްކިތެއްގެ މުދިމަކު މަސްތުވާތަކެއްޗާ އެކީ ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. އަދި އޭނަ ބަލައުި ފާސްކުރިއިރު މަސްތުވާތަކެތި ވެސް ފެނިފައިވާ އިރު، މިހާރު ވަނީ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

ކާށިދޫ އިން ހައްޔަރުކުރި މުދިމަކީކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެެކެވެ. އެ ފަހަރު އެ މައްސަލައިގައި އޭނާ ހުރި މަގާމުން ވެސް ވަކިކުރި އެވެ.

އަދި އޭނަ އަށް އަލުން ވަޒީފާ ލިބުނީ ވަޒީފާ އިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށައަޅައިގެން މައްސަލަ ކާމިޔާބުމާ ގުޅިގެންނެވެ.