ވިލިފުށީ ދާއީރާގެ މެންބަރު ރިޔާޒު ރަޝީދު 'ރާއްޖެތެރެ' އޭ ކިޔާފައި ދެއްކެވި ވާހަކަތައް ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހްމަދް މަހުލޫފް ކުށްވެރިކުރައްވައިފިއެވެ.
"އަނިޔާވެރިކަން ނިންމަން" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ރ. އުނގޫފާރުގައި ކުރިއަށްދާ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ ރިޔާޒް ރަޝީދަކީ އީޔޫއަށް ފިޔަވަޅު އަޅަން އުޅުއްވި ބޭފުޅެއް ކަމަށާޢި އެހެންކަމުން އެކަމާއި އެއްގޮތަކަށް ވެސް ހައިރާންވެވަޑައި ނުގަންނަވާ ކަމަށެވެ.
"ރިޔާޒް ރަޝީދު 'ރާއްޖެތެރެ' އޭ ކިޔާފައި ވާހަކަދެއްކި ދެއްކުން ކުށްވެރިކުރަން. ޒިންމާދާރު މަގާމެއްގައި ހުރެ އެގޮތަށް ވާހަކައެއް ނުދެއްކޭނެ" މަހުލޫފް ވިދާޅުވިއެވެ.
މިސަރުކާރަކީ ބޮޑާކަން ދެއްކުމަށް ކުރާ ކަމަކީ ހަވާ އެރުވުން. މިރޭ އެކަން އެގޮތަށް ކުރަނިކޮށް ބަޔަކަށް އަނިޔާވެފައިވާތީ އެކަމަށް އިޝާރާތްކުރައްވައި މަހުލޫފް ވިދާޅުވި ގޮތުގައި ސަރުކާރުން ހަވާއަރުވަނީ ބޮޑާކަން ދެއްކުމަށް ކަމަށެވެ.