Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ބުޅާމަހުން ކާއެއްޗެހި ތައްޔާރުކުރި މީހާ ހައްޔަރުކޮށްފި

ބުޅާމަހުން ކާތަކެތި ތައްޔާރުކުރި އަރަފާތު.

ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ކަމަށް ބުނާ މީހާ ހައްޔަރު ކޮށްފިއެވެ.

ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވެނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިންއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، ބުޅާ މަސްއަޅައިގެން ކާ އެއްޗެހި ތައްޔާރު ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލެއިން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ބިދޭސީމީހާ ހޯދުމަށް އިމިގްރޭޝަނުންވެސް އޮތީ އިއުލާނު ކޮށްފައެވެ.