Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

ގައުމީ ހެލްޕް ލައިނެއް ގާއިމު ކުރަނީ

ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ޙިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ޝޯޓްކޯޑް ލައިނެއް ގާއިމްކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކުން މިއަދު މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި އާއި ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢުގެ އިތުރުން ސިފައިންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

ރައްޔިތުންނަށް ދިމާވާ އިމަޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމާ ގުޅޭ ގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅީ ހެލްތު މިނިސްޓްރީންނެވެ.

މި ހެލްޕް ލައިން ގާއިމުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ހޯމްލޭންޑް މިނިސްޓްރީގެ ފަރާތުންނެވެ.