Last Updated: July 13, 22:47
Sunday, July 13, 2025
ޚަބަރު

މޯލްޑިވިއަނުން ޑާކާ ދަތުރުތައް އަލުން ފަށައިފި

މިދިޔަ މަހުގެ ތެރޭގައި ބަންގްލަދޭޝްހެ ސިޔާސީ މަސްރަހު ވަަރަށް ބޮޑަށް ހަލަބޮލިވެ، ހަމަނުޖެހުންތައް ވެސް ބޮޑުވުމާ ގުޅިގެން އެ ގައުމަށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިއަނުން ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފަށައިފި އެވެ.

ޑާކާ ދަތުރުތައް މެދުކަނޑާލީ މި މަހުގެ 6 އިން ފެށިގެންނެވެ.

މޯލްޑިވިއަނުން ބުނީ މިހާރު އަލުން ދަތުރުތައް ފަށާފައިވާ ކަމަށެވެ. ނަމަވެސް ކުރިން ހަފުތާއަކު ދެ ބޭއްވި ނަމަވެސް މިހާރު ޑާކާ އަށް ބާއްވަން ހަމަޖެހިފައި ވަނީ ހަފުތާއަކު ދަތުރެއް ކަމަށް އެ އެއާލައިނުން ބުންޏެވެ.

ބަންގްލަދޭޝްގެ އިތުރުން މޯލްޑިވިއަނުން ދެން ޝެޑިއުލް ދަތުރުތައް ބާއްވާ ގައުމަކީ އިންޑިއާ އެވެ.