ޖަޕާނުގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ އޮޓާނީ ޓްރޭޑިން ލިމިޓެޑްގެ ވެބްސައިޓް ކަމަށްވާ، "ފުޑް ޓްރިޕް" ގައި، ރާއްޖޭގެ އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު ލިބިއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ "ފުޑް ޓްރިޕް" ބީޓުބީ ޕްލެޓްފޯމުގައި، 1 އޭޕްރީލް 2024 އިން 31 މާރިޗު 2025 ގެ ނިލަށް، ކާބޯތަކެތީގެ އުފެއްދުންތައް އެއްވެސް ފީއަކާއި ނުލައި، އިޝްތިހާރު ކުރުމުގެ ފުރުޞަތު ފަހިވެފައިވާ ކަމަށެވެ.
މި ފުރުޞަތަކީ، ރާއްޖޭގެ ކާބޯތަކެތީގެ އުފެއްދުންތައް، ޖަޕާނުގެ މާކެޓުގައި ވިއްކުމަށްޓަކައި އިޝްތިހާރު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވިފައިވާ ރަނގަޅު ފުރުޞަތެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ޕުޑް ޓްރިޕްގެ ޕްލެޓްފޯރމް https://www.food-trip.jp މެދުވެރިކޮށް، ރެޖިސްޓްރީވުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ވަނީ އެދިފަ އެވެ.