Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ރައީސް ނަޝީދުގެ އުފަން ދުވަސް ފާހަގަ ކުރުމަށް އާއިލާގެ ބޭފުޅުން މާފުށީ ޖަލަށް

ޓެރެރިޒަމްގެ ކުށުގެ ދައުވާ ގައި 13 އަހަރުގެ ޖަލު ހުކުމެއްގައި މާފުށީ ޖަލުގައި ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ 48 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން މާފުށީ ޖަލަށް ވަޑައިގެންފިއެވެ..

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާގެ އިތުރުން އާއިލާގެ ބައެއް މެންބަރުންނާއި އޭނާގެ އަންހެން ދަރިކަނބަލުންވެސް ވަނީ މާފުށީ ޖަލަށް ވަޑައިގެންފައެވެ.

ރައީސް މުހައްމަދު ނަޝީދުގެ 48 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ހަފްލާތަކެއް މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 9:00 އިން 12:00 އަށް އާޓިފިޝަލް ބީޗް ގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

11165322_365745170285537_464218750009326041_n (1)
ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން އެމަނިކުފާނައި ބައްދަލުކުރެއްވުމަށް މާފުށްޓަށް ވަޑައިގަތުމުން އެރަށުގެ ވަރަށް ގިނަ އަދަދެއްގެ މީހުން ރައީސް ނަޝީދުގެ އާއިލާގެ މެންބަރުންނާއި ބައްދަލުކުރުމަށް ގޮސްފައިވެއެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ އުފަންދުވަސް ޖަލު ތެރޭގައި ފާހަގަކޮށްފައެވެ. އެމަނިކުފާނުގެ 48 ވަނަ އުފަންދުވަސް މިއަދު މާފުށީ ޖަލުގައި ފާހަގަކުރާއިރު މިއީ ޖަލުގައި ހުންނަވައިގެން ނަޝީދު އުފަން ދުވަސް ފާހަގަކުރާ ފަސް ވަނަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.