Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ބުޅާމަސް ކާނާއާ ބެހޭ ލިސްޓަކީ ފޭކެއް: އިމިގްރޭޝަން

ބުޅާމަހުން ކާތަކެތި ތައްޔާރުކުރި އަރަފާތު.

ބަންގްލަދޭޝްގެ މީހަކު ބުޅާމަހުން ކާތަކެތި ތައްޔާރުކޮށް ވިއްކި މައްސަލަ ފެންމަތިވި އިރު، ބުޅާމަހުން ތައްޔާރުކުރި ކާފަކެތި ވިއްކި ތަންތަން ކަމަށް ބުނެ އިމިގްރޭޝަންގެ ނަމުގައި ސޯޝަލް މީޑިއާގައި ދައުރުކުރާ ލިސްޓަކީ ފޭކް އެއްޗެއް ކަމަށް އެ އިދާރާ އން ބުނެފި އެވެ.

އެ ލިސްޓް ހިއްސާކޮށް، އިމިގްރޭޝަނުން މިއަދު ބުނީ އެތަނުގެ ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއް ކަމަށް ބުނެ ސޯޝަލް ދައުރުވަމުންދާ ލިސްޓަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ.. އަދި އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރުމަށް އެދިފައިވެ އެވެ.

އެ ލިސްޓްގައިވާ ގޮތުން ބުޅާމަހުން ތައްތާރުކުރި ކާތަކެތި މާލޭގެ 20 ތަނަކުބް ވިއްކާފައިވެ އެވެ. އެގޮތުން ބުޅާމަހުން ތައްޔާރުކުރި ބާގާ އާއި ސަބްމެރިން އަދި ހޮޓްޑޯގް ފަދަ ތަކެތި ވިއްކާފައިވާ ކަމަށް ބުނެފަ އެވެ.

ބުޅާމަހުން ކާތަކެތި ތައްޔާރުކުރި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝް އަށް ނިސްބަތްވާ އަރަފާތު ހުސައިން، 32، އެވެ. އޭނަ މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި އިރު، އޭނަގެ މައްސަލަ ކަމާބެހޭ އިދާރާތަކުން އަންނަނީ ސީރިއަސްކޮށް ބަލަމުންނެވެ.