Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އީކުއޭޓާރ އިންސްޓިޓިއުޓްގެ ކަރާޓޭ ކޯހުގެ ދަރިވަރުންގެ ގްރޭޑިން ބާއްވައިފި

އީކުއޭޓާރ އިންސްޓިޓިއުޓްގެ ގްރޭޑިންގ ޝޯވ ގައި ދަރިވަރުން ހުނަރު ދައްކާލަނީ. ފޮޓޯ: އައްޑޫލައިވް

ޖަޕާން ޝޮޓޮކަން ކަރާޓޭ އެސޯސިއޭޝަން ސްރީލަންކާ މޯލްޑިވްސް ގެ ފަރާތުން އީކުއޭޓާރ އިންސްޓިޓިއުޓް އާއި ގުޅިގެން ހިންގާ ކަރާޓޭ ކޯހުގެ 2015 ޖެނުއަރީ އިންޓޭކް ދަރިވަރުންގެ ގްރޭޑިންގ ބާއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ހިތަދޫގައި ހުންނަ ކެންގަރޫ ކެންގަރޫ ކިޑްސް ޕްރީސްކޫލްގައި ބޭއްވި ގްރޭޑިންގައި ޖުމްލަ 59 ދަރިވަރަކު ބައިވެރިވެފައި ވާއިރު
ކެންގަރޫ ސްކޫލްގެ ބިގިނާރސް ލެވެލް އިން ވައިޓް ބެލްޓް އަށް 39 ދަރިވަރަކު އަދި އީކުއޭޓާރ އިންސްޓިޓިއުޓްގެ ބިގިނާރސް ލެވެލް އިން ވައިޓްބެލްޓް އަށް 09 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

އީކުއޭޓާރ އިންސްޓިޓިއުޓްގެ ގްރޭޑިންގ ޝޯވ ގައި ދަރިވަރުން ހުނަރު ދައްކާލަނީ. ފޮޓޯ: އައްޑޫލައިވް
އީކުއޭޓާރ އިންސްޓިޓިއުޓްގެ ގްރޭޑިންގ ޝޯވ ގައި ދަރިވަރުން ހުނަރު ދައްކާލަނީ. ފޮޓޯ: އައްޑޫލައިވް

މީގެ އިތުރުން އީކުއޭޓާރ އިންސްޓިޓިއުޓްގެ ވައިޓްބެލްޓް އިން ރެޑްސްޓްރިޕް ބެލްޓް އަށް 05 ދަރިވަރަކު އަދި އީކުއޭޓާރ އިންސްޓިޓިއުޓްގެ ރެޑްސްޓްރިޕް ބެލްޓް އިން ޔެލޯ ބެލްޓް އަށް 06 ދަރިވަރަކު ވެސް ވަނީ ބައިވެރިވެފައެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން އީކުއޭޓަރ އިންސްޓިއުޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މީގެ އިތުރުން އީކުއޭޓާރ އިންސްޓިޓިއުޓްގެ ބިގިނާރސް އިން ރެޑްސްޓްރިޕް ބެލްޓް އަށް 09 ދަރިވަރެއްގެ ގްރޭޑިންގ މިހަފްތާތެރޭ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ގްރޭޑިންގ ނެގުމަށްފަހު އީކުއޭޓާރ އިންސްޓިޓިއުޓްގެ ސީނިއާރ ދަރިވަރުންތަކެއްގެ ކަރާޓޭ ޙަރަކާތްތައް ދައްކާލުމާއި، ސެލްފް ޑިފެންސްގެ ހުނަރުތައް ދައްކާލުމާއި އަދި ސެންސެއި ގެ ހުނަރުތައްވެސް ދައްކުވައިދޭ ކަރާޓޭ ޝޯވ އެއް ވަނީ ބާއްވާފައެވެ.

ގްރޭޑިންގ ގެ ނަތީޖާ ސްލިޕް މާދަމާ ރޭ ބާއްވާ ޚާއްސަ ހަފްލާއެއްގައ ވަނަ ދުވަހު ހަވާލު ކުރުމަށް ހަމަޖެހިފައިވާއިރު ދަރިވަރުންނަށް ގްރޭޑިންގ ސެޓްފިކެޓް އަދި ބެލްޓް އެވޯރޑްކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.