Last Updated: June 18, 06:16
Thursday, June 18, 2026
ޚަބަރު

މިފްކޯއިން ކޮންމެ ދޯންޏަކަށް ހިލޭ ތިން ޓަނުގެ އައިސް ދެނީ

ފޮޓޯ: ޕީއެސްއެމް

މިފްކޯގެ ސެންޓަރުތަކުން މާދަމާގެ ނިޔަލަށް ކޮންމެ ދޯންޏަކަށް ހިލޭ ތިން ޓަނުގެ އައިސް ދޫކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯ އިން ބުނީ އައިސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ސްޓޮކް ހުސްވަންދެން ކަމަށާއި މިއީ މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

ފަސޭހައިން އައިސް ނުލިބުމުގެ ޝަކުވާ މަސްވެރިން ކުރާއިރު، އައިސްޕްލާންޓް އިތުރުކުރުމަކީ މި ސަރުކާރުގެ ވެސް ވަރަށް ބޮޑު އަމާޒެކެވެ.

އެގޮތުން އެގާރަ ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ފަސް ރަށެއްގައި އަލަށް އައިސްޕްލާންޓްތަކެއް ބަހައްޓަން ހަމަޖެހިފައިވާތީ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ބީލަމަށް ހުޅުވާލާފަ އެވެ.