Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ތިލަފުށީ ގުދަނެއްގައި ރޯވެ އަނދަނީ

ކ. ތިލަފުށީ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ކ.ތިލަފުށީގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ.

އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ތިލަފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މި ހާދިސާގައި ދިވެއްސަކަށް ދުމުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.