Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ކަނޑިތީމުގައި ސިހުރު ހަދާ މައްސަލައެއްގައި ގެތައް ބަލާފާސްކޮށްފި

ށ. ކަނޑިތީމު -- ފޮޓޯ: ޒުވާންމަސްވެރިޔާ ވެބްސައިޓް

ށ. ކަނޑިތީމުގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ކަނޑިތީމުގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެގޮތުން ކޯޓު އަމުރެއްގެ ދަށުން އެރަށުގެ ބައެއް ގޭގެ އިއްޔެގެ ވަގުތެއްގައި ބަލާފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.