މި މަހުގެ 1 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރުކުރި އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 10 ދުވަސް އަދި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ބަންދަށް ހަތް ދުވަސް ދެންމެ ޖަހައިފި އެވެ.
އެ ދެ ބޭފުޅުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް މި ދިނީ، މި މަހުގެ 1 ގައި ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ކުރިން ދިން 15 ދުވަސް މިއަދު ހަމަވާތީ، ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުންނެވެ.
އިމްރާނާއި އަލީ ވަހީދު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް، މުޒާހަރާގެ ތެރެއިން ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ތިން ބޭފުޅުންގެ ތެރެއިން ދޫކޮށްލީ އަމީން އެކަންޏެވެ.