Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

މަކަރާއި ހީލަތް ހެދި ބަޔަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި ބަޔަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ އޭގައު ފެންނަ ތިން މީހުންނަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް އިން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައި ނުވާ ބައެއް ކަމަށެވެ.

އެހެންވެ ވީޑިއޯ އިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ބަޔަކުވާ ނަމަ އެ މަޢުލޫމާތެއް ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.