ރައީސް ނަޝީދުގެ އުފަންދުވަސް ފާހަގަ ކުރުމަށް އައްޑޫ ސިޓީގެ ރަށްތަކުގައި ވެސް އެމަނިކުފާނުގެ ސަޕޯޓަރުން ތަފާތު ހަރަކާތްތަކެއް ކުރިއަށް އެބަގެންދެއެވެ.

މިގޮތުން މިއަދު ހަވީރު ހުޅުދޫގައި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ކޭކު ފެޅުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ސ.ފޭދޫގައި ވެސް ނަޝީދުގެ އުފަންދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އެ ރަށު ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވާއިރު ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.
(ތަފްސީލް އަންނަނީ)
