ރާއްޖެ އަށް ޕޭޕަލް ގެންނަން ހުރި ދަތިތައް ހައްލުކުރަން މަޝްވަރާކޮށްފިއެ ކުންފުންޏާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި އެވެ.
މިބައްދަލުވުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޕޭޕަލް ގެ އެކްސެސް ރާއްޖެއަށް ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ މަޝްވަރާ ކުރެވުނު ކަމަށެވެ.
ސައީދު މީގެކުރިން އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޕޭޕަލް ރާއްޖެ ގެނައުމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. ޕޭޕަލް އަކީ އެމެރިކާގެ ކުންފުންޏެކެވެ.
ޕޭޕަލްގެ ހިދުމަތް ހިމެނޭ ގޮތަށް ރާއްޖޭގައި އޮންލައިން އެހެން ޕޭމަންޓް ސިސްޓަމްތައް ތައާރަފުކުރުމަކީ ރައީސް ޑރ. މުހައްމަދުގެ ރިޔާސީ ވައުދެކެވެ.