Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

ފުލުހަކާ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގިކަމުގެ ތުހުމަތަަށް މީހަކު ހައްޔަރުކޮށްފި އެވެ.

އިއްޔެގެ އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރީ މާލެ އަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލައިގައި އޭނަގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހާފައިވާ އިރު، ބަންދު އަމުރުގައިވާ ގޮތުން އެ މީހާ އަށް ތުހުމަތު ކުރެވެނީ އައިޖީއެމް ހޮސްޕިޓަލުގައި ޑިއުޓީގައި ހުރި ފުލުހަކާ މާރާމާރީ ހިންގިކަމުގެ ތުހުމަތެވެ، ނަމަވެސް މާރާމާރީ ހިންގި ސަބަބެއް ސާފެއް ނުވެ އެވެ.