Last Updated: May 7, 09:05
Wednesday, May 7, 2025
ޚަބަރު

އިއްޔެގެ އަރަބި ޙުތުބާ އަންނަ ހުކުރުގައި މުޅި ރާއްޖެ އަށް

އިސްލާމީ މަރުކަޒުގައި އިއްޔެ އަރަބި ބަހުން ދިން ހުކުރު ޙުތުބާ އަންނަ ހުކުރު ދުވަހު ދިވެހިން ބަހުން މުޅި ރާއްޖޭގައި ދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ އިސްލާމީ މަރުމަޒުގައި އިމާމުވެ ހުކުރު ކުރެއްވީ ސައޫދީ އަރަބިއްޔާގެ މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ޙަމްދާން އައްސުލަމީ އެެވެ. އޭނަ ދެއްވި ޙުތުބާހެ މައުޟޫ އަކީ "ދީނަށްޓަކައި ހިދުމަތް ކުރުން" އެވެ.

އަރަބި ބަހުން ހުތުބާ ގެނެސްދިން އިރު، އެ ޙުތުބާގެ ދިވެހި ތަރުޖަމާގެ ކޮޮޕީ އަށް ހުކުރަށް ދިޔަ މީހުންނަށް ބަހާފައިވެ އެވެ. އަދި ހުކުރު ޚުތުބާގެ އިނގިރޭސި ތަރުޖަމާ ވެސް ޓީވީ ޗެނެލްތަކުންނާއި އިސްލާމިކް މިނިސްޓްރީގެ ޕްލެޓްފޯމްތަކުން ގެނެސްދީފައިވެ އެވެ.

ޝަހީމް ވިދާޅުވީ ރާއްޖެ އިސްލާމްވުމާ އެކީ ހުކުރު ޙުތުބާ ކިޔަމުން ގޮސްފައި ވަނީ އަރަބި ބަހުން ކަމަށެވެ. އަދި ފަހުން ދިވެހި ޙުތުބާ ކިޔަން ފެށީ ހަސަން ފަރީދުގެ ވެރިކަމުގެ ދުވަސްވަރު 1940 ގެ ތެރޭގައި ކަމަށެވެ.