Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މެންބަރ ނިޒާރުގެ 'ބްލޫ ލިންކް އޭވިއޭޝަން' އޮފީހުގެ ބިއްލޫރިތައް ތަޅާލައިފި

ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެންބަރު އަލީ ނިޒާރުގެ އޮފީހުގެ ބިއްލޫރިތައް ރޭގެ ވަގުތެއްގައި ތަޅާލައިފިއެވެ.

'ބްލޫ ލިންކް އޭވިއޭޝަން'ގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އެ އޮފީހުގެ ބިއްލޫރިތައް ރޭގެ ވަގުތެއްގައި ތަޅާލައިފައި ވަނީ މީގެ ކުރިން ތަފާތު އިންޒާރުތަކެއް ލިބިފައިވަނިކޮށް ކަމަށެވެ.

"ސީދާ ކޮންބަޔަކު ކުރި ކަމެއް ކަމެއް ނޭނގޭ. އެކަމަކު މެންބަރު ނިޒާރަށް ވެސް އަދި ސީދާ އޮފީހަށް ގުޅާފައި ވެސް އެބަހުރި އިންޒާރުތައް ދީފައި. ބޮޑަށް ބެލެވެނީ ސިޔާސީ ކަމެއް ހެން." އެ އޮފީހުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.

ބުލޫ ލިންކް އޭވިއޭޝަން އަކީ ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެމްބަރު އަލީ ނިޒާރުގެ ކެމްޕެއިން ވައުދުގެ ތެރެއިން ދާއިރާއަށް 50 ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ހުޅުވި އޮފީހެއް ކަން ފާހަގަކޮށްލެވެއެވެ
11271968_654509747982029_724580758_n

މިހާރުގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މުޒާހަރާތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މެންބަރ ނިޒާރުގެ އޮފީހެއްގެ ބިއްލޫރި ތަޅާލާފައިވާއިރު މިވަގުތު އެބޭފުޅާ ހުންނެވީ މަޖިލީހުގެ ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގައެވެ.
Untitleds