Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީީން ވަކިކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުން އައިޝަތު ނޫރައްދީން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އޭނަ މިއަދު ގައުމީ ބޭންކްގެ ބޯޑުން ވަކިކުރި އިރު ހުންނެވީ އެ ބޭންކްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގަ އެވެ.

ބީއެމްއެލްގައި ނޫރައްދީން ހިދުމަތް މަސައްކަތް ކުރައްވަމުން ގެންދަވަނީ 1982 އިން ފެށިގެންނެވެ.