Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ޕީއެސްއެމްގެ އެމްޑީ އިސްތިއުފާ ދީފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ މިއަދު އިސްތިއުފާ ދެއްވި ނަމަވެސް ވަކި ސަބަބެއް ހާމައެެއް ނުކުރައްވަ އެެވެ. އަދި އިސްތިއުފާ ދެއްވީ މިއަދު ހަވީރެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ޒީނާ އައްޔަންކުރީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ކުރިން ބައެއް މީޑިއާތަކުގައި ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޒީނާ ފަހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަން ވެސް ކުރައްވާފައިވެ އެވެ.