Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ސުޒޫ ބިއުޓީ ސެލޫން ހިންގާ ސުޝްމިތާ ޑީޕޯޓުކޮށްފި

"ސުޒޫ ބިއުޓީ ސެލޫން" ގެ ނަމުގައި މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ސުޝްމިތާ ދައުގޮދާ، ރާއްޖެ އިން ޑީޕޯޓު ކޮށްލައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތެއް ކަމުގައިވާ "ސުޝްމިތާ ދައުގޮދާ" އާންމު ނަމުން ނަމަ ސުޒޫ އާއި ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން، މި މަހުގެ 18 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން މި ބިދޭސީ ފަރާތަކީ އޭނާއަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އައި ފަރާތެއް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އަދި މި މަހުގެ 20 ވަނަ ދުވަހު އޭނާ ރާއްޖެއިން ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.