ޖަޕާން ޝޮޓޮކަން ކަރާޓޭ އެސޯސިއޭޝަން ސްރީލަންކާ-މޯލްޑިވްސް އާއި އީކުއޭޓާރ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށް ގެންދާ ކަރާޓޭ ކޯހުގެ މެއި އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހަތަރު މަސްދުވަހުގެ މުއްދަތަކަށް ހިންގާ ކަރާޓޭ ކޯހާ ބެހޭ ގޮތުން 'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން އީކުއޭޓާރ އިންސްޓިޓިއުޓްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މެއި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށާއި މި ކޯހުގެ ފީ އަކީ 1400 ރުފިޔާ ކަމަށެވެ.
ކަރާޓޭ ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ކޯސް ފީ ދެއްކުމުގައި ލުއި ފަސޭހަ ކުރުމުގެ ގޮތުން އީކުއޭޓާރ އިންސްޓިޓިއުޓްގެ ފަރާތުން މިހާރު ވާނީ އިންސްޓޯލްމަންޓަށް ބަހައިގެން ކޯސް ފީ ދެއްކޭނެ ގޮތް ވެސް ހަމަޖައްސައިފައެވެ. އެގޮތުން ކޮންމެ މަހަކު ދައްކަވަން ޖެހޭނީ 350 ރުފިޔާ އެވެ.
ކުށުގެ ރިކޯޑެއް ނެތް ސިއްޙީ ގޮތުން ދުޅަހެޔޮ ފަރާތްތަކަށް ބައިވެރިވެވޭ މި ކޯހާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ނަމްބަރު 7761080 ފޯނާއި ގުޅުމަށް ކޯސް އިންތިޒާމް ކުރާ ފަރާތުން އެދެ އެވެ.
ކަރާޓޭ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އަހަރަކު އެއްފަހަރު ރާއްޖެއިން ބޭރުގައި ބޭއްވޭ ބައިނަލް އަޤްވާމީ ފެންވަރުގެ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރުމުގެ ފުރަސަތު ލިބިގެންދާއިރު އެގޮތުން މިއަހަރުގެ ޖޫން މަހުގެ ކުރީކޮޅު ބައިނަލް އަޤްވާމީ ކަރާޓޭ މުބާރާތެއްގައި ބައިވެރިވުމަށް އީކުއޭޓާރ އިންސްޓިޓިއުޓްގެ ދަރިވަރުންތަކެއް ލަންކާއަށް ދާގޮތަށް ވަނީ ހަމަޖެހިފައެވެ.