Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

ހިތަދޫގައި ކުޑަކުދިންގެ ޕާކެއް ހަދަން ހަވާލުކޮށްފި

އައްޑޫ ހިތަދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

ކައުންސިލުން އެ މަސައްކަތް ހަވާލުކުރީ ހިތަދޫގެ ކުންފުންޏެއް ކަމަށްވާ މޮޑާން ބިލްޑާސްއާ އެވެެ. ކައުންސިލްގެ ފަރާތުން ޕާކްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.

ހިތަދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ފުރަތަމަ ހުޅުވައިލީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

މީގެ ކުރިން ވެސް ހިތަދޫގެ ބައެއް ހިސާބުތަކުގައި ކުޑަކުދިންގެ ޕާކްތަކެއް ހެދި އެވެ. ނަމަވެސް އެތަންތަން ނުބެލެހެއްޓި ވަނީ ވީރާނާވެފަ އެވެ.