Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ސީއެޗްއެސްއީގައި އާ 4 މާއްދާއެއް ތައާރަފު ކުރަނީ

އަންނަ މަހު ގުރޭޑް 11 ގެ ކިޔެވުން ފަށާ އިރު، ސީއެޗްއެސްއީގެ ދެ ސްކޫލުގައި އަލަށް ހަތަރު މާއްދާއެއް ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ހުޅުމާލޭގައި ސީއެޗްއެސްއީ އާއި މާލޭގެ ސީއެޗްއެސްއީގައި އަލުން ކިޔަވައި ދޭން މި އަހަރު ފަށާ އިރު، ދެ ސްކޫލްގައި އަލަށް ތައާރަފުކުރަން ހަމަޖެހިފައިވާ މާއްދާތަކަކީ މެރިން ބައޮލޮޖީ އާއި ޓްރެވަލް އެންޑް ޓޫރިޒަމާއި ސައިކޮލޮޖީގެ އިތުރުން ކޮމްޕިއުޓަ ސައިންސް ކަމަށެވެ.

މިނިސްޓްރީން ބުނީ އޭ ލެވެލްއަށް ބީ ޓެކް ތަޢާރަފުކުރާ އިރު، އެ ސްޓްރީމް މި އަހަރު ހުޅުމާލޭގެ ސީއެޗްއެސްއީގައި ފަށަން ވެސް ހަމަޖެހިފައިވެ އެވެ.

މިހާރު އެ ސްކޫލުގައި ކިޔަވައި ދެނީ ސައިންސާއި ބިޒްނަސް ސްޓްރީމަށެވެ.