Last Updated: June 8, 11:51
Monday, June 8, 2026
ޚަބަރު

81،000 ޑޮލަރު ބޭރުކުރަން އުޅުނު މީހަކު އަތުލައިގެންފި

އަތުލައިގަތް ޑޮލަރު-

ފޮރުވައިގެން ރާއްޖެއިން 81،000 ޑޮލަރު ބޭރުކުރަން އުޅުނު ބަންގްލަދޭޝް މީހަކު އަތުލައިގެންފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެފައިވަނީ މިއަދު ޔޫއެސް ބަންގްލާ އެއަރލައިންސް (B338) އިން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ޤަވާޢިދާއި ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ނަގުދު ފައިސާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޓްގެ ސްކްރީނިންގް ޓީމުން ހޯދާފައިވާ ކަމަށެވެ.

އެހެންކަމުން މި މީހާ ކަމާބެހޭ ފަރާތަކާ ހަވާލު ކޮށްފައިވާ ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެފައިވެއެވެ.