Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އަންނަ މަހުގެ 5 ގައި ސަރުކާރު ބަންދު ވާނެ

ރައީސް އޮފީސް

އަންނަ މަހު 5 އަކީ ސަަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ދުވަސް ބަންދު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒި ނިންމެވީ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށެވެ.

ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީއުލްއައްވަލު މަހުގެ 1 އެވެ.

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ.

އެގޮތުން މިއަހަރު ފާހަގަ ކުރާނީ 81 ވަނަ ގައުމީ ދުވަހެވެ.