Last Updated: March 22, 00:39
Friday, March 21, 2025
ދުނިޔެ

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެއްޖެ

އިނގިރޭސިވިލާތުގެ ލަންޑަންގެ އިމާރާތެެއްގައި ރޯވުމާ ގުޅިގެން އެތަނުން މީހުން ހުސްކޮށް، އަލިފާން ނިއްވުމުގެ މަސައްކަތް ފަަށައިފި އެވެ.

މެންދަމު މި ހާދިސާ ހިނގާފައި ވަނީ އިރުމަތީ ލަންޑަންގެ ޑަގެނަމްގެ ފްރެޝްވޯޓާ ރޯޑްގައި ހުރި ފްލެޓް އިމާރާތެއްގަ އެވެ. އެތަނުން މިހާތަނަށް 100 އެއްހާ މީހުން ހުސްކޮށްފައިވާ އިރު، ދުމުގެ އަސަރުކޮށްގެން ހާލު ދެރަވި ހަތަރު މީހެއްގެ ތެރެއިން ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާ ދެމުންނެވެ.

އަލިފާން ނިއްވިމުގެ މަސައްކަތް ކުރިއަށްދާ އިރު ލަންޑަން ފަޔަ ބްރިގޭޑް (އެލްއެފްބީ) އިން ބުނީ 220 އަށް ވުރެ ގިނަ ފަޔަފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފްލެޓް އިމާރާތުގައި ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.