Last Updated: May 7, 09:27
Wednesday, May 7, 2025
ޚަބަރު

އައްޑޫ ޤުރުއާން މުބާރާތަށް ހުޅުވާލައިފި

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މި އަހަރު ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ "އައްޑޫ ސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް 2024" ބާއްވަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 20-30 އަށް ކަމަށެވެ.

މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ސްކޫލްތަކަށާއި އައްޑޫގެ މުއައްސަސާތަކުގެ އިތުރުން ހާފިޒުންނަށް ހާއްސަކޮށްގެންނެވެ. މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދާނީ ތިން ގޮތްޕަކަށެވެ. އެއީ ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ އިތުރުން ހާފިޒުންގެ ގޮތްޕެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮކްޓޯބަރު މަހުގެ 3 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ކައުންސިލުން ބުނީ އައްޑޫ ޤުރުއާން މުބާރާތުގެ މައިގަނޑު މަގުސަދަކީ ޝައުގުވެރިކަމާ އެކީ ފަރިތަކަންމަތީ ތަރުތީލުން ޤުރުއާން ކިޔަވަން އެނގޭ މުޖުތަމައެއް އައްޑޫގައި ބިނާކުރުން ކަމަށެވެ.

މިއީ ކައުންސިލުން ޤުރުއާން މުބާރާތް ތިން ވަނަ އަހަރެވެ.