މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާކަން ކަނޑައަޅައި، 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރަމުންދާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމަށް އޭޑީކޭ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި ފަރުވާދީފިއެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ނާޒިމް އެނބުރި ޖަލަށް ގެންގޮސްފައިވާއިރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް ނާޒިމްގެ ފަރާތުން އެދުމުން އެ ހުއްދަ ނުދޭން ކަރެކްޝަނަލް ސާރވިސް އިން ނިންމާފައިވާ ކަން ވަރަށް އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް ވަނީ އެނގިފައެވެ.
(ތަފްސީލް އަންނަނީ)