މޯލްޑިވްސް އިންލޭންޑް ރިވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ، މިދިޔަ އަހަރުގެ ފަހު ކުއާރޓަރގެ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ތެރޭގައި ޕީޕީއެމްގެ މަޖިލިސް މެންބަރެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއް ހިމެނިއްޖެއެވެ.
މީރާއިން އާންމު ކުރި ލިސްޓުގައި ހިމެނިފައިވާ "ރެޑް ބަޑް" އަކީ ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެންބަރ އަލީ ޝާހުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެކެވެ.
އަލީ ޝާހުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ޓެކްސް ނުދައްކާ އޮތުމާއި ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް 'އައްޑޫލައިވް'ގެ ފަރާތުން ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެބޭފުޅާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ޓެކްސްގެ ގޮތުގައި މީރާއަށް ލިބެން ޖެހޭ އެއްވެސް ފައިސާއެއް ނުލިބޭ ނަމަ އެ ފައިސާއެއް ހޯދަން ކޯޓަށް މައްސަލަ ވެއްދުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.