ޤުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޢުމްރާ އަށް ފޮނުވުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޤުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޢުމްރާ އަށް ފޮނުވުމުގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޙާފިޒަށް މާދަމާ ފުރުޞަތު އެރުވޭނެ ކަމަށެވެ.
އެ ހާފިޒުގެ ނަން ވިދާޅުވެ ޝަހީމް ވަނީ އެއީ ޤުރުއާންގެ އާޔަތުގެ ނަމްބަރާއެކު ޤުރުއާން ހިތު ދަސްކޮށްފައިވާ ފަރާތެއް ކަމަށް ވިދާޅުވެފަ އެވެ.
މިފަދަ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާއިރު ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.