Last Updated: June 7, 13:44
Sunday, June 7, 2026
ޚަބަރު

"އަޅުގަނޑު މިވަގުތު މިހުރީ އާގު ބޯޓެއް ޑޮކަށް ލާން ބެންކޮކުގައި" – ޤާސިމް

ބެންކޮކްގައި މިވަގުތު ހުންނެވީ އާގު ބޯޓެއް ޑޮކަށް ލާން ވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ޤާސިމް ކުރެއްވި ޓްވީޓެއްގައި ވަނީ " އަޅުގަނޑު މިވަގުތު މިހުރީ އާގު ބޯޓެއް ޑޮކަށް ލާންޖެހިގެން ބެންކޮކްގައި " ކަމަށެވެ.
medium_59128
ގާސިމް އިބްރާހިމް މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު މެއި 1 ވަނަ ދުވަހުގެ މުޒާހަރާއަށް ޚަރަދުކުރި ކަމުގައި ތުހުމަތުގައި އޭނާ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ކޯޓު އަމުރެއް ވެސް ނެރެފައެވެ.

މެއި 1 ވަނަ ދުވަހުގެ މުޒާހަރާއަށް ގާސިމް ޚަރަދު ކުރެއްވިކަމަށް ސަރުކާރުގެ އިސްވެރިން ތުހުމަތުކުރައްވާފައި ވާއިރު ގާސިމް ވިދާޅުވާގޮތުގައި އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާޚާނާ ސާފުކުރާ މީހެއްގެ ވަޒީފާ ވެސް އަދާކޮށްފާނެ ކަމަށް ވިދާޅުވި ޤާސިމް އިބްރާހިމް ވަނީ ސަރުކާރުގެ ކޯލިޝަނުން ވަކިވެވަޑައިގަތުމަށްފަހު ސަރުކާރާ ދެކޮޅަށް އިޙްތިޖާޖު ކުރެއްވި ނަމަވެސް ވިލާ އިން ސަރުކާރަށް ދައްކަންޖެހޭކަމަށް ބުނާ 100 މިލިޔަން ޑޮލަރުގެ މައްސަލަ ފެންމަތި ވުމާއި އެކު ، އިދިކޮޅު ފަރާތްތަކުގެ ޙަރަކާތްތަކުން ގާސިމް އެއްގޮތަކަށް ވެސް ފެނިފައެއް ނުވެއެވެ.