މާލޭގެ މިސްކިތަކުން އަނެއްކާ ވެސް ވައްކަންކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ރޭ އިރާކޮޅުގެ ވަގުތެއްގައި ވައްކަންކުރީ ވަގުތީ ގޮތުން ބަންދުކޮށްފައި ހުރި އީދު މިސްކިތުން ކަމަށެވެ. އެތަނުން ވަގަށް ނަގާފައި ވަނީ ކަރަންޓު ކޭބަލްތަކަކާއި ބޮކިތަކެކެވެ.
އީދު މިސްކިތުން ވައްކަންކުރި އިރު، އެތަން ވަގުތީީ ގޮތުން ބަންދުކޮށްފައި ހުރީ ވާރޭ ވެހޭއިރު ދުވަސްވަރު، ހަރިންމަ ތެރޭގައި ފެންބޮޑުވާތީ ތަޅުންގަނޑު އުސްކުރުމަށްޓަކަ އެވެ..
އީދު މިސްކިތުން ވައްކަން ކުރި މައްސަ ކައުންސިލުންނަށް ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.