Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ފެނަކަ ފައިދާވާ ކުންފުންޏަކަށް ހަދާނެ: އެސްޓީއޯ

ފެނަކައަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސްޓީއޯ އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ ނިންމަވާފަ އެވެ.

އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފެނަކަ، އެ ކުންފުނީގެ ސަބްސިޑަރީއަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމަށްޓަކައ،ި ފެނަކައާއ،ި މާލީ ވުޒާރާއާއި ގުޅިގެން ޕްލޭނެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

މި ޕްލޭންގެ ދަށުން މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށް، ފެނަކައިގެ ހާލަތު ދެނެގަތުމުގެ ގޮތުން އެ ކުންފުނީގެ ފައިނޭންޝަލް އަދި ލީގަލް ޑިޔުޑިލިޖެންސް ހެދުމަށާއ،ި އެސެޓްތައް ވެލިއުކުރުމަށާއި އަދި މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށާއި ކުންފުނި ރައިޓްސައިޒްކޮށް އެކުންފުނި ހިންގުން ހަރުދަނާކުރުމަށްޓަކައ،ި ކުރަންޖެހޭ ކަންކަން ކުރުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ލަފާދީފައިވާ ކަމަށް ބުނެފައިވެ އެވެ.

ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކ،ީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާކަމަށްވާއިރު، މި ފައިސާ އެސްޓީއޯއަށް ލިބޭނެ ގޮތައް ޕްލޭނެއް ހަދައިގެން އެއާއި އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކޮށް، ފެނަކައަކީ ފަދާވާ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯއިން މަސައްކަތް ކުރާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.