Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ.

ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ ސިއްހީ ފަރުވާ އަކަށެވެ. އެއީ މީގެކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެންނެވެ.