އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާކޮމިޓީގެ ދައުރު ހަމަވުމާއިގުޅިގެން އާ ދައުރަކަށް އެޖަމްއިއްޔާގެ ހިންގާ ކޮމިޓީ އިންތިޚާބްކޮށްފިއެވެ.
އަލަށް އިންތިޚާބް ކުރެވުނު ކޮމިޓީގެ ޗެއާމަނަކަށް މީދޫ މެދެގޭ ހަސަން ހަމީދު ހޮވިފައިވާއިރު ވައިސްޗެއާމަނަކަށް ހޮވިފައިވަނީ ސ. މީދޫ ހުވަދުމާވިލާ ސާއިފް ޒަރީރުއެވެ. ޓްރެޝަރާއަކަށް މީދޫ އުއިގަސްދޮށުގޭ ސައުދުﷲ އަބްދުﷲ ދީދީ ހޮވިފައިވާއިރު ސެކެސްޓްރީއަކަށް ހޮވިފައިވަނީ މީދޫ ތްރީފްލާވާ މަރިޔަމް ނިޒާމާއެވެ. އަދި އެޑްމިނިސްޓްރޭޓަރ އަކަށް ހޮވާފައިވަނީ މީދޫ ހަދުވަރުމަތީގޭ ރަޝީދާ އިބްރާހިމްއެވެ.
މީގެ އިތުރަށް އިތުރު މެމްބަރުންގެ ގޮތުގައި 4 ބޭފުޅަކު ހިންގާ ކޮމިޓީއަށް ހޮވާފައިވެއެވެ. އެއީ މީދޫ ނަފާ ސަމީއު ، މީދޫ ސައިރީނާ ސަމާނާ ނަސީމު ، މީދޫ އަބްލަޣީވާދީ މުހައްމަދު ވަހީދު އަދި މީދޫ ޝަބްނަމްވިލާ ސިރާޖެވެ.
މިކޮމެޓީގެ ބެލުމުގެ ދަށުން މީދޫ ކޯޕަރޭޓިވް ސޮސައިޓީގެ އިދާރީ ކަންތައްތައް ބަލާ ހިންގަމުންދަނީ އެތަނުގެ މެނޭޖަރެއްގެ މަގާމް އަދާކުރައްވަމުންގެންދަވާ ހުޅުމީދޫގެ ކުރީގެ ކައުންސިލަރު ހަސަން ޝާހިދެވެ.
އައްޑޫމީދޫ ކޯޕަރޭޓިވް ސޮސައިޓީން މީދޫއާއި ހުޅުދޫގެ ދަނޑުވެރީން ހައްދާ ތަކެތި ގަނެގެން އެތަކެތި އައްޑުއަތޮޅުގެ ހިންގަމުންދާ ރިސޯޓްތަކަށް ސަޕްލައިކުރުމުގެ އިތުރަށް ދަނޑުވެރީންނަށް ބޭނުންވާތަކެތި ހެޔޮއަގުގައި ލިބޭނެ މަގު ތަނަވަސްކޮށްދީފައިވާ ކަން ފާހަގަކޮށްލެވެއެވެ.