Last Updated: July 27, 10:36
Monday, July 27, 2026
ޚަބަރު

މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންްފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އަތުލަގަތް މަސްތުވާތަކެތި ބައި ކިލޯއަށް ވުރެ ގިނަ ކަމަށެވެ.

އެ އަތުލައިގަންފައިވަ ނީ މި މަހުގެ 20 ގައި ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ހަތަރު ޕެކޭޖެއް ބަލައި ފާސް ކުރަމުން ދިޔަ އިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި އެ ތަކެތި ސިންތެޓިކް ކެތިނޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި މައްސަލަތައް އިތުރަށް ތަހުގީގު ރުމަށްޓަކައި، މައްސަލަތަކުގައި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.