Last Updated: July 12, 09:40
Saturday, July 12, 2025
ޚަބަރު

އުރީދޫގެ ކުޑަކުދިންގެ ހަވީރެއް ހުޅުމާލޭގައި

އުރީދޫ މޯލްޑިވްސް އިން މިއަދު ހަވީރު ހުޅުމާލޭގައި ކުޑަކުދިންގެ ހާއްސަ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ އެ އިވެންޓް ހަވީރު ހަވީރު 4:00-6:00 އަށް ކުރިއަށް ދާނީ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ހަވީރުގައި ކުޑަކުދިންނާ ގުޅޭ ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި ފޯމް ޕާޓީއަކާއި ޓްރާންސްފޯމަ ރޮބަޓްސް އަދި ތަފާތު އެކި ގޭމްތައް ހިމެނެނޭ ކަމަށް އުރީދޫން ބުންޏެވެ.

އެހެންވެ ވީހާ ވެސް ގިނަ ކުޑަކުދިން ބައިވެރިކޮށް ދިނުމަށް އުރީދޫން އެދެ އެވެ.